ދެކުނު އޭޝިއާގެ ފުރަތަމަ ތްރީއޮންތްރީ ބާސްކެޓް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމް އިއްޔެ ހެދުނު ބަންގްލަދޭޝްއަށް ފުރައިފި އެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ވާދަކުރުމަށް ފުރި ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިން ނަކީ ހަރިކޭންގެ އަހުމަދު އަދުހަމް އާއި ރެޑްލައިން ކުލަބްގެ އަހުމަދު މުސްތަފާ އާއި ހަރިކޭންގެ އަހުމަދު އިފްޝާހް އަދި ދިވެހި ސިފައިންގެ ކުލަބުގެ ހައިޝަމް ދާއޫދު އެވެ.

ޓީމުގެ ކޯޗަކީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ވަހީދެވެ.

މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ނިޔަލަށް ބަންހްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ.