13 Apr 2014, 09:25
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަ ޝިފްޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންވެސްޓިގޭޝަން އޮފިސަރސް (އައިއޯ) އިންގެ ޓީމުން ހޯދައިފި އެވެ.
އައިއޯއިންގެ ޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ހަވީރު ހުޅުމާލެ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މުބާރާތުގެ ތަށި މިލްކު ކުރުމަށް ނުކުތް ޝިފްޓް ޑީ ގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގެ ޗެމްޕިއަން ޓީމަށް މުބާރާތުގެ ޓްރޮފީ ހަވާލުކޮށްދެއްވާފައިވަނީ ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގައި ހަތް ޓީމަކުން ބައިވެރިވެފައިވެ އެވެ.