ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ހައްގުގައި ހަދަމުންދާ ޓީޗަރުންގެ އޮނިގަނޑުގެ 90 ޕަސެންޓް ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަޅުހެދުމުގައި ގިނަ އަދަދެއްގެ ޓީޗަރުން ވަނީ މިދިޔަ އާދިއްތަ ދުވަހު ސުކޫލަށް ނުކުމެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް މިއަދު ވިދާޅުވީ މިސަރުކާރުން ދަނީ ޓީޗަރުންގެ ހައްގުގައި ގިނަ ކަންތައްތަކެއް ކޮށްދެމުން ކަމަށެވެ. އެގޮތުން މުސާރައާއި އެއްވަރުގެ އެލަވަންސެއްގައި ޓީޗަރުންނަށް ކިޔެވޭނެ ގޮތާއި އިތުރު ގަދިގެ ފައިސާ 5 ޕަސެންޓް އިން 10 ޕަސެންޓްއަށް ބޮޑުކުރުން ފާހަގަކުރިއެވެ.

"މިސަރުކަރުން ދަނީ ޓީޗަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުން، އެކުރި އިހްތިޖާޖްއެއް ވެސް އަޅުގަނޑުމެން ކުއްވެރިއެއް ނުކުރަން" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ޓީޗަރުންގެ ބޯހިޔާވަހިކަން ފަސޭހައިން ހަމަޖައްސައިދިނުމަށް ސަރުކާރުން އެދުރުހިޔާގެ ކަންކަން ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ޓީޗަރުންގެ އޮނިގަނޑަކީ ޓީޗަރުންގެ މުސާރަ އާއި އިނާއަތްތައް ހިމެނޭގޮތަށް ހެދޭ ޓީޗަރުންނާއި ބެހޭ އުސޫލްތަކެކެވެ.