08 Apr 2014, 11:34
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަހުމަދު ތޮލާލް ހަމަޖައްސައިފި އެވެ.
އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ސަން އަށް ވިދާޅުވީ ތޮލާލް އެ މަގާމަށް ހަމަޖެއްސެވީ ރޭ އޮތް ކައުންސިލް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތޮލާލް ހަމަޖައްސާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޒަހާ ވަހީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުން ނެވެ. އޭގެ ފަހުން އެމަގާމުގައި ވަގުތީ ގޮތުން ހުންނެވީ މުހައްމަދު ޒުހައިރެ އެވެ.
ތޮލާލް އެމާގަމަށް ހަމަޖެއްސި އިރު، އޭނާ ކުރިން ހުރި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރުގެ މަގާމު މިހާރު ވަނީ ހުސްވެފަ އެވެ.