07 Apr 2014, 18:55
މި މަހު ފުރަތަމަ ދުވަހު ހ. އަންނާރުމާގެއިން މަރުވެފައިވަނިކޮށް ފެނިފައިވާ 24 އަހަރުގެ ޒުވާނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޕޮޒިޓިވްކަން ތަހުލީލުތަކުން ދައްކާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި ތަހުލީލުތަކުން ދައްކާގޮތުން މަސްތުވާތަކެތީގެ ދެ ބާވަތެއްކަމަށްވާ އޯޕިއަމްއާއި ބެންޒޮޑައިޒޮޕީންގެ ހައި ކޮންސެންޓްރޭޝަނެއް އެ ޒުވާނާގެ ކުޑަކަމުދާތަކެތީގައި އެކުލެވިގެންވެއެވެ.
މި މަހުގެ ފުރަތަމަ ދުވަހު މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އާއިލާގެ ފަރާތުން އެ ދުވަހު ހެނދުނު 9:15 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.