24 Dec 2010, 10:19
ރޯމްގައި ހުންނަ ޗިލީގެ އެންބަސީއަށް ފޮނުވާފައިވާ ޕާރުސަލެއް އިއްޔެ ހަވީރުގެ ވަގުތެއްގައި ގޮވުމުގެ ސަބަބުން އެކަކު ޒަޚަމްވެއްޖެއެވެ. ޗިލީގެ އެންބަސީއަށް ފޮނުވާފައިވާ މި ޕާރުސަލް ގޮވާފައިވަނީ ރޯމްގައި ހުންނަ ސްވިޓްޒަރލޭންޑްގެ އެންބަސީއަށް ފޮނުވާފައިވާ ޕާރުސަލެއް ގޮވުމުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކުވެސް ޒަޚަމްވެފައި ވަނިކޮށެވެ. އިޓަލީގެ ޚާރިޖިއްޔާއިންވަނީ ސްވިސް އެންބަސީގައި ޕާރުސަލެއް ގޮވައިގެން އެތަނުގެ މުވައްޒަފަކު ވަރަށް ބޮޑަށް ޒަޚަމްވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ޕާރުސަލްތައް އައިތަނަކާއި މިކަމާބެހޭ އެއްވެސް ތަފްސީލެއް ނޭންގޭ ކަމަށް އިޓަލީގެ ޚާރިޖިއްޔާއިން ބުނެއެވެ. އިޓަލީގެ ފުލުންގެ ފަރާތުންވެސް މިޙާދިޘާތަކާބެހޭ ތަފްސީލް ލިބިފައިނުވާ ކަމަށް ޚަބަރުތައްބުނެއެވެ. - ޖަވާދު