24 Dec 2010, 10:19
މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ އިޤްތިސާދީ އެއްބަރުލުމާބެހޭ ޖަމްޢިއްޔާ "އީކޯ" ގެ ސަމިޓް ބައްދަލުވުމެއް ތުރުކީގެ އިސްތަންބޫލްގައި ފެށިއްޖެއެވެ. ޕާކިސްތާން، ތުރުކީ، އީރާން، އަފްޣާނިސްތާން، ކަޒަޚިސްތާން އަދި އަޒަރުބައިޖާންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މިސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މި ހަ ޤައުމުގެ މެދުގައި އިޤްތިސާދީ ޙަރަކާތްތަކާއި ވިޔަފާރީގެ މުޢާމަލާތައް ފުޅާކޮށް އުފެއްދުންތެރިކަން އިތުރުކުރުމާއި ކޮމަން މާކެޓެއް ޤާއިމް ކުރުމާބެހޭގޮތުންނެވެ.
ނަވަރަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރު އުފެދުނު މި ޖަމާއަތުން މިހާތަނަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިފަހަރުގެ ސަމިޓް ފެށީ އާ ރޫޙެއްގައި ކަމަށާއި ދުނިޔޭގެ މަސްރަޙްވެސް މިހާރު ބަދަލުވެފައިވުމުން މި ޖަމާއަތުގެ ޙަރަކާތްތައް ފުޅާކުރުމުގެ ފުރްސަތު މިހާރު ތަނަވަސްވެފައިވާ ކަމަށް ތުރުކީގެ މީޑިޔާ ބުނެއެވެ. މިސަމިޓްގެ އަރިމަތީގައި އީރާނާއި ތުރުކީގެ ރައީސުން އިއްޔެވަނީ ބައްދަލުކުރައްވާފައެވެ -- ޖަވާދު