07 Apr 2014, 10:55
ކްލަބް މޯލްޑިވްސް ކަޕްގެ ވިމެންސް ފުޓްސަލް ފިއެސްޓާގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުގެ ޓީމާ ވާދަކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) މޮޅުވެއްޖެ އެވެ.
މާފަންނު ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗް ޑީއެސްސީ ކާމިޔާބުކޮށްފައި ވަނީ 9-0 ލަނޑުންނެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީއެސްސީ ޓީމުގެ އައިމިނަތު ޒާހިޔާ އެވެ.
މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މިމުބާރާތުގައި މިމަހު 11 ވަނަ ދުވަހުގެ ރޭ 21:00ގައި ދެން ޑީއެސްސީ ނުކުންނާނީ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމާ ދެކޮޅަށެވެ.