ކ. ދިއްފުށީގެ އިރު އުތުރުން ދެފެންދޭތެރެއިން އުޅަނދެއް އޮޔާދާތީވެ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ، މިއަދު ހަވީރު 6:00 ހާއިރު ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވަނީ، ކ. ދިއްފުށީގެ އިރު އުތުރުން 75 ނޯޓިކަލް މޭލު ބޭރުން 63 ފޫޓުގެ އުޅަނދެއް ދެފެންދޭތެރެއިން ހުޅަނގު ދެކުނަށް އޮޔާދާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ކޯސްޓްގާޑުން އެދޭ ކަމަށެވެ.

އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑާ އެމައުލޫމާތެއް ހިއްސާކުރުމަށް ވެސް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.