ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މަޝްހޫރު ފުޓް ބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަޝިޔާގެ ލޯބިވެރިޔާ އާ އެކު ރޮނާލްޑޯ ހުންނަން ހަމަޖެހިފައިވަނީ ފ. އަތޮޅުގައި އޮންނަ ޕްރައިވެޓް ރިސޯޓް ރަށެއް ކަމަށްވާ "ދަ ރާނިޔާ އެކްސްޕީރިއެންސް" ގަ އެވެ. އެމިރޭޓްސްގެ ފްލައިޓަކުން މިއަދު ރޮނާލްޑޯ ރާއްޖެ އައި ވަގުތު ފުދޭވަރެއްގެ ގިނަ ބަޔަކު ރޮނާލްޑޯ ދެކިލުމަށާއި އެނާގެ އޮޓޯފްރާފް ހޯދަން މަސައްކަތްކޮށްފައި ވެއެވެ.


ރޯނާލްޑޯ ރާއްޖެ އައިސް ޕްރައިވެޓް އައިލެންޑަށް ނައްޓައިލުމަށް އޭނާގެ ލޯބިވެރިޔާއާއެކު ވޭނަށް އަރަންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި ރޮނާލްޑޯގެ ސޮއި ހޯދުމަށް ގޮސް ތިބި މީހުންގެ ތެރެއިން ކުޑަ ފިރިހެން ކުއްޖެއްގެ ގަމީހުގައި ރޮނާލްޑޯ ސޮއި ކޮށްދެ އެވެ.


ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޮނާލްޑޯ އާއި ލޯބިވެރިޔާ ރާއްޖެއިން ފުރައިގެން ދާނީ ދަ ރާނިޔާ އެކްސްޕީރިއެންސްގައި ތިން ދުވަހު މަޑުކޮށްފަ އެވެ.


ރޯނާލްޑޯ ރާއްޖެ މިއައީ މިދިޔައ ބުދަ ދުވަހުގެ ރޭ ސްޕެއިން ކަޕްގައި ލެވެންޓޭއާ ވާދަކޮށް 8-0 ން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު ކްރިސްމަސް ޗުއްޓީ ހޭދަކޮށްލުމަށެވެ. ލެވެންޓޭއާ ރެއާލްމެޑްރިޑް ކުޅުނު މެޗްގައި ރޯނާލްޑް ވަނީ ހެޓް ރިކް ވެސް ހަދާފައެވެ.


މިވަގުތު ސްޕެއިނިސް ލަލީގާ މެދު ކަނޑާލާފައިވަނީ ކްރިމަސް ޗުއްޓީއަށެވެ.