އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އިންޑިއާ މީހަކު ފ. ފީއަލިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އޭނާ ހަޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 10:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރު ކުރި އިންޑިއާ މީހާ ހޯމް މިނިސްޓްރީ އަށް ފެންނަ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ނިލަންދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފެންމަތިވިއިރު، އުމުރުން ތިން އަހަރުގެ ދޮން ދަރިއަށް ޖިންސީ ގޯނާކުރި ދޮންބައްޕަ އަކު ސ. މީދޫން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.