ސަރުކާރުގެ ހުއްދަ ނެތި ދީނީ ނަސޭހަތް ދިން ކަމަށް ބުނެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހީމް ފަރީދު އަހްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނުބޭއްވިގެން އުޅެނީ ޗިޓް ހަވާލުނުކުރެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ފަރީދަށް ޗިޓް ރައްދުކުރަން ތަކުރާރުކޮށް ކޯޓުން ކުރި މަސައްކަތުންވެސް ޗިޓް ހަވާލުކުރެވޭ ގޮތް ނުވި ކަމަށެވެ.

މަނިކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ލަސްވެފައި ވަނީ، ކުރިން އެ މައްސަކަތް ބައްލަވަމުން ގެންދެވި ގާޒީ ބަދަލުވުމުން ސެކްޝަންގައި ގާޒީ އަކު ނެތުމުން ކަމަށެވެ. މިހާރު އެ ސެކްޝަނަށް ގާޒީ އަކު ހަމަޖެހިފައިވާ ކަމަށާއި އެއީ ގާޒީ ސުޖާއު އުސްމާން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަރީދުގެ އެ ދައުވާ ކޮށްފައި ވަނީ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކޮށްފައި ވަނިކޮށް 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހދ. އަތޮޅުގެ ބައެއް ރަށްތަކުގައި އޭނާ ދީނީ ދަރުސް ދީފައިވާ ކަމަށް ބުނެ އެވެ.