06 Apr 2014, 11:52
ދޮން ދަރިއަށް ޖިންސީ ގޯނާކުރި ދޮންބައްޕަ އަކު ސ. މީދޫން އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން ތިން އަހަރުގެ ދޮންދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިއްޔެ މެންދުރު 1:05 ހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ފިރިހެން މީހާ ރޭ 11:00 ހާއިރު ހައްޔަރުކޮށްފައި ވަނީ ހެރެތެރެ ރިސޯޓުގައި ހުއްޓައެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ހެރެތެރެ ރިސޯޓުގައި މަސައްކަތް ކުރާ މީހެކެވެ.