މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 41 ޕެކެޓާ އެކު މީހަކު ހއ. ބާރަށުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ރޭ ބުނީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓްތަކާ އެކު ހއ. ބާރަށް، މާފޮޅޭގެ، އަލީ ރަމީޒު،36،  ހައްޔަރު ކުރީ އިއްޔެ ރޭ ދަންވަރު ގާތްގަނޑަކަށް 2:30 ހާއިރު ކަމަށެވެ.


ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ދިއްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އަލީ ރަމީޒު ހައްޔަރު ކުރީ ބާރަށުގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެ 41 ޕެކެޓް ފެނިފައި ވަނީ އޭނާ ދިރިއުޅެމުންދާ ކޮޓަރި ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.