05 Apr 2014, 20:36
އެސްޓީއޯ އިން "ހިޓާޗީ މެގަ ޕްރޮމޯޝަން" ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި ހުރިހާ ރީޖިނަލް އައުޓުލެޓުތަކެއްގައި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެ ޕްރޮމޯޝަނުގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި އަދި ވަކިވައްތަރެއްގެ އައިސްއަލަމާރިއެއް ބައްލަވައިގަންނަވާ ފަރާތްތަކަށް ހިލޭ ވެކިއުމް ކްލީނާއެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ ވިއްކާ ހިޓާޗީގެ ހުރިހާ މުދަލަކަށް 1.5 އަހަރުގެ ވޮރެންޓީ ލިބޭނެ ކަމަށެވެ. އަދި އޭސީ އާއި އައިސްއަލަމާރީގެ ކޮމްޕްރެސަރަށް ފަސް އަހަރުގެ ވޮރެންޓީއެއް ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.