އާއިލާ އަށް ފިލައިގެން ލޯބިވެރިންނާ ބައްދަލުކުރުމަށް ހދ. މަކުނަދޫ އަށް ދިޔަ އެއަތޮޅު ހަނިމާދޫ ތިން އަންހެން ކުއްޖަކު ފުލުހުން އާއިލާއާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އާއިލާ އަށް ފިލައިގެން ރައްޓެހިންތަކަކާ ބައްދަލުކުރުމަށް 18 އަހަރުގެ އަންހެނަކާއި 18 އަހަރުން ދަށުގެ ދެ އަންހެން ކުދިން މަކުނަދޫ އަށް ދިޔަ ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 7:40 އެހައިކަންހާއިރު ކަމަށެވެ. އެ އެންމެން ހޯދައި މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާއިލާއަށް ފިލައިގެން ދިޔަ ތިން ކުދިން ފުލުހުންގެ ލޯންޗެއްގައި ހަމިނާދޫ އަށް ގެންގޮސްފައި ވަނީ ޖެންޑަމިނިސްޓްރީގެ އެދުމުގެ މަތިން އިއްޔެ ހެނދުނު 10:20 އެހައިކަންހާއިރު ކަމަށެވެ.