މައްޗަންގޯޅީގައި ހުންނަ މޯބައިލް ފޯނު ވިއްކާ ފިހާރައެއްގެ ސީލިންގް ފަޅައިލައިގެން ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
http://sun.mv/albums/live_23742.jpg
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު 2:15 އެހާކަންހާއިރު "ސިމްޕަލް" މޮބައިލް ކިޔާ ފިހާރައެއް ފަޅައިލައި އެތަނުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ އަތުލައިގަތީ އެފިހާރަ ތެރޭ ހުއްޓައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ފިހާރައަށް ވަތް މީހާ އެތަނުން އެއްވެސް އެއްޗެއް ވަގަށް ނަގާފައިނުވާ ކަމަށެވެ. ނަމަވެސް ފިހާރަތެރޭ ހުރި ބިއްލޫރި ރެކެއްގެ ތަޅާލާފައިވާ ކަމަށެވެ.

"ފިހާރަތެރެއަށް ވަތް މީހާ އެތަނުން އެއްވެސް އެއްޗެއް ނުނަގާ. އޭނާ އަތުލައިގަތީ ފިހާރަ ތެރޭގައި ހުއްޓައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
http://sun.mv/albums/live_23741.jpg
ސަން އަށް އެނގިފައިވާ ގޮތުގައި މއ. ކުޑަދުންމާރި ގޭގައި ހަދާފައި ހުންނަ އެ ފިހާރަ ތެރެއަށް އެމީހާ ވަދެފައިވަނީ އެ ފިހާރައާ ޖެހިގެން ހުންނަ ގޭގެ ފުރާޅު މައްޗަށް އަރައިގެން ގޮސް، ފިހާރައިގެ ފުރާޅުން ޓިނުނަގައިގެން، ސީލިން ފަޅާލުމަށްފަހުގަ އެވެ.

އެތެރެ ކޮންމެވެސް ވަރަކަށް ދިއްލާފައި ހުރި އެ ފިހާރައިގެ ތެރޭގައި އެމީހާ އުޅޭކަން އެނގުނީ އެ ހިސާބުގައި އުޅޭ އާއްމުންގެ ބަޔަކަށެވެ. އަދި އެވަގުތު އެމީހާ ފުލުހުންނާ ހަވާލުކޮށްފައި ވަނީ ވެސް އާއްމުންގެ ބަޔެކެވެ.