ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ރޭ ސައޫދީއަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރައީސްގެ ދެ ކަނބަލުން އުމްރާއަކަށް ފުރާވަޑައިގެންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ސައުދީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ އުމްރާއަަކަށް ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަން ރައީސް އޮފީހުން ކަށަވަރުކޮށެއް ނުދެއެވެ.