04 Apr 2014, 19:49
ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށު ޑައިމަންޑުވިލާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއް ފެނިފައިވާތީ، އެ ކަމާ ގުޅިގެން ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މީހާ އަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ތަހުގީގު ޓީމެއް މާލެއިން އެރަށަށް ފުރާފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އެރަށު ޑައިމަންޑުވިލާ އަލީ ރަޝީދު އެވެ.