03 Apr 2014, 11:49
ކިޑްނީ ޓްރާންސް ޕްލާންޓް ހިދުމަތުގެ އަގު އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަމަ ޖައްސައިފި އެވެ. ދިވެހިންގެ ސިއްހީ ހިދުމަތުގެ ނިޒާމްދޭ އާސަންދަ ކުންފުނިން މިއަދު ބުނީ ކިޑް ބަދަލުކުރުމަށްދާ ހަރަދު މީގެ ކުރިން އާސައިގެ ދަށުން ވަކިން ހަމަޖައްސާފައިނުވި ނަމަވެސް އެ ހިދުމަތުގެ އަގު މިދިޔަ ހަފްތާ އިން ފެށިގެން އާސަންދައިން ކަވަރު ކުރަމުންދާނެ ކަމަށެވެ.
ނަމަވެސް މިހާރު އަދި ހަމަޖެހިފައިވާ ގޮތުން ކުރޮސްމެޗް ހެދުމަށްދާ ހަރަދު ކުރަން ޖެހެނީ އަމިއްލަ އަށް ކަމަށާއި އެ ހިދުމަތް ވެސް އާސަންދަ އިން ވަރަށް އަވަހަށް ކަވަރުކުރަން ފަށާނެ ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފަ އެވެ.
"ކިޑްނީ ބަދަލުކުރުމަށް ހަދަން ޖެހޭ ސާޖަރީ ހެދުމާއި އޭގެ ފަހުގައިދޭ ފަރުވާ އާސައިގެ ތެރެއިން ހަމަ ޖެހޭނެ ގޮތަށް މިހާރު މިވަނީ ހަމަ ޖައްސާފައި. ނަމަވެސް އަދި ކުރޮސްމެޗު ހައްދަވަން ޖެހޭނީ އަމިއްލަފުޅަށް. އެ ހިދުމަތް ވެސް ވަރަށް އަވަހަށް އާސައިންގެ ތެރެއިން ދޭން ފަށާނެ، " އާސަންދަ ހިދުމަތްދޭ ކުންފުނީގެ އޮފިޝަލަކު މައުލޫމާތު ދިނެވެ.
ލޭގެ ގުޅުން ހުންނަ މީހެއްގެ ގައިން ނަގާ ކިޑްނީއެއް ލައްވާ ނަމަ އާސައިންދައިން އެ ހިދުމަތް ލިބޭނީ އާސައިންދައިން ކަނޑައަޅާ އިންޑިޔާގެ ހޮސްޕިޓަލަކުން ކަމަށާއި ލޭގެ ގުޅުމެއް ނެތް މީހެއްގެ ގައިން ނަގާ ކިޑްނީ އެއް ލައްވާ ނަމަ އެ ހިދުމަތް އާސަންދަ ތެރެއިން ހޯދަން ޖެހޭނީ އާސަންދައިން ކަނޑައަޅާ ލަންކާ ހޮސްޕިޓަލަކުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ކިޑްނީއެއް ބަދަލު ކުރުމަށް ގާތްގަނޑަކަށް 18000 ޑޮލަރު ވެސް ހަރަދުކުރަން ޖެހެ އެވެ.