22:30


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ވ. ވިއަރެސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ޢައްޔަން ކުރައްވައިފި އެވެ.


ހުސެން ރަޝީދު އެ މަގާމަށް އައްޔަން ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ކުރިން ހުންނެވި ޝެއިޚް ޝަހީމް އަލީ ސައީދު މިއަދު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ކަމުގެ މަޤާމުގަ އެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ ރައީސެވެ.