ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ޕާކިސްތާންގެ ސަފީރަކަޑް ހެދުމަށް ނަން ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ ‏ޕާކިސްތާނަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މޭޖާ ‏‏ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ޢައްޔަނު ކުރެއްވުމަށް އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ، ‏‏ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ހުށައަޅަފައިވާ ކަމަށެވެ.

މޫސާ އަލީ ޖަލީލް ވަނީ ދާދި ފަހުން ސަރުކާރުން ހިންގާ ޕާޓީ ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.

މޫސާ އަލީ ޖަލީލް އަލީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ގައުމީ ބަތަލެކެވެ.