ސަންމީޑިއާ ގްރޫޕްގެ ސީނިއާ ޖާނަލިސްޓް އަހުމަދު ސާއިލް އަލީގެ ލޮބުވެތި ކާފަ ހއ. ތަކަންދޫ، ހިތަށްފިނިވާގެ، އާދަމް އަބުދުއްރަހުމާނު، 72، ވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ހިތުގެ އޮޕަރޭޝަނެއް ކުރަމުންދަނިކޮށް ރޭ 9:00 ހާއިރު ނިޔާވެފަ އެވެ.

އާދަމް އަބުދުއްރަހުމާނު ނިޔާވި އިރު، ތިން ދަރިންނާއި އަންބަކު ދުނިޔޭފައި އެބަ ތިއްބެވެ.

ސަންމީޑިއާ ގްރޫޕްގައި މިވަގުތު ހުރި އެންމެ ޒުވާން ޖާނަލިސްޓް ސާއިލު އަށާއި އެ އާއިލާ އަށް މި ދަނޑިވަޅުގައި ކުމަތިވެފައިވާ ފުން ހިތާމާގައި ސަން އޮންލައިނާއި ސަން މީޑިއާ ގްރޫޕްގެ މެނޭޖްމެންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަ މެވެ. އަޅުގަނޑުމެން އެދެނީ އާއިލާ އަށް ކެތްތެރިކަން ދެއްވައި މަރުހޫމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމެވެ.