މާފަންނު ގެެއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮންނަތާ ދެ ދުވަސް ފަހުން ފެނިއްޖެ އެވެ.

މ. އަހިގަސް ހަތް ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވައި މިއަދު މެންދުރުގެ ވަގުތެއްގައި ފެނިފައިވާ މީހަކީ އެގޭ އަލީ ނަސީމް 51 އެވެ. އަދި އެމީހާ ފެނުނު އިރު ކޮންމެ ވެސް ވަރަކަށް ކުނިވަސް ދުވާ ކަމަށް ވެސް އެގޭ މީހުން ބުންޏެވެ.
http://sun.mv/albums/live_23712.jpg
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މީހަކު މަރުވެގެން ފުލުހުންނަށް ރިޕޯޓް ކުރުމުން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާގެ މަރުގެ ތަފްސީލެއް ނުދެއްވަ އެވެ.

އާއިލާ އިން ވާހަކަ ދެއްްކި ނަސީމުގެ އެއްބަނޑުއެއްބަފާ އަންހެނަކު މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ އަލީ ނަސީމް މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު ކަމަށާއި އަދި އޭނާ ނުފެނިގެން ކޮބައިތޯ ބެލުމަށް އާއިލާގެ މެމްބަރުން ގުޅައިގެން ވެސް ފޯނުން ވެސް ޖަވާބެއް ނުލިބިގެން އޭނާ އުޅޭ ބަޔަށް ގޮސް ބެލުމުން ކަމަށެވެ. އަދި އެވަގުތު އެނާ އޮތީ އޭނާގެ ކޮޓަރީ އެނދު މަތީގައި ބަނޑުން ކަމަށް ވެސް ބުންޏެވެ.

"ބޭބެ އާއްމުކޮށް ކައިބޮއި ހަދަން ދަނީ މިގޭ އެހެން ކުދިންގެ ބައިތަކަށާއި ހޮޓާތަކަށް. ބޭބެ އުޅޭނީ އެކަނި. ނަމަވެސް ނުފެންނަތާ ދެ ދުވަސް ފަހުން މިއަދު ބެލި އިރު ފެނުނީ މަރުވެފައި އޮއްވައި. ކޮންމެވެސް ވަރަކަށް ގޭތެރެއިން ކުނިވަސް ވެސް ދުވާ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ބޭބެއަކީ ފުއްޕާމޭގައި ފެން ހެދިފައި ހުންނަ މީހެއް ކަމަށާއި މިދުވަސްކޮޅު އެނާ އުޅެނީ ވެސް ކުޑަކޮށް ބަލިކޮށް ކަމަށެވެ.
http://sun.mv/albums/live_23709.jpg
އެ ގޭ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ އެ ސަރަހަހައްދަށް އެއްވެފަ އެވެ.
http://sun.mv/albums/live_23708.jpg
އަލީ ނަސީމު މަރުވި އިރު، ތިން ކައިވެންޏެއް ކޮށްފައިވާއިރު އޭނާ އަށް ވަނީ އަންހެން ދަރިއަކު ލިބިފަ އެވެ.