ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯ މެޑްރިޑް ދެކޮޅަށް ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އެތުލެޓިކޯއިންނެވެ. އެލަނޑު މެޗުގެ 56 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގައި ޑިއޭގޯ ކޯސްޓާ އަށް އަނިޔާވުމުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރު ޑިއޭގޯ ރިބާސް އެވެ.

އެތައް ހާސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންއާ ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރެޒިލްގެ ފޯވާޑް ނޭމާ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ނޭމާއެލަނޑު ޖަހާފައި ވަނީ އެތުލެޓިކޯ މެޑްރިޑިގެ ގޯލްގެ އެއް ކަނަށެވެ.

ރޭގެ މެޗުން ބާސާއަށް ލީޑެއް ނުނެގި، އެއް ވަރުވުމުން ދެ ވަނަ ލެގުގައި އެތުލެޓިކޯގެ ދަނޑުގައި ބާސާ ނިކުނައިރު، ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާން މިހާރު ބުނަން ފަށާފައި ވަނީ ހުރިހާ ވެސް އެޑްވާންޓޭޖް މިހާރު އޮތީ އެތުލެޓިކޯއަށް ކަމަށެވެ. އެގޮތުން އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައި އެތުލެޓިކޯގެ ލަނޑުގައި ކުލޭ މެޗުން ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވިޔަސް ކޮލިފައިވާނީ އެތުލެޓިކޯ އެވެ.