ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދާ އަލްމުދިޝް ޕްރޮމޯޝަންގެ "ފޯޓްނައިޓް" ލަކީ ޑްރޯގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެސްޓީއޯ ސްޕަމާޓުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ "ފޯޓްނައިޓް" ލަކީޑްރޯ ނަންގަވައިދެއްވީ، އެސްޓީއޯ ޓްރާންސްޕޯޓް ޑިޕާޓުމަންޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު މޫސާ އެވެ. އަދި މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަށް މިފަހަރު ހުށަހަޅާފައިވާ ޑީވީޑީ ޕްލެޔަރ ލިބިފައިވަނީ، އާމިނަތު ދިފްލީން އަށެވެ.

ފޯޓްނައިޓް ލަކީޑްރޯ އަކީ، އަލްމުދިޝް ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ކޮންމެ 14 ދުވަހަކުން ނަގާ ޑްރޯ އެކެވެ.

އެސްޓީއޯއިން ބުނީ، އިނާމުގެ ހައްގުވެރި ފަރާތުން އައިޑީ ކާޑު ހިއްޕަވައިގެން ހަފްތާއެއްގެ ތެރޭގައި ސްޕަމާޓުގައި ހުންނަ އޮފީހަށް ދިއުމުން އިނާމް ދޫކުރާނެ ކަމަށެވެ.