މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކުރިޔަށްގެންދިޔަ މުނި ހޯމް ކެއާގެ "ވިޒިޓް އެންޑް ވިން ޕްރޮމޯޝަން" ގެ ނަސީބުވެރިން ހޮވައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން އަގުބޮޑު ތިން އިނާމެއް ތިން ނަސީބުވެރިއަކަށް ލިބިގެން ދިޔައިރު 2000ރ ގެ އަގުހުރި ފަސް އިނާމެއް، އިތުރު ފަސް ނަސީބުވެރިއަކަށް ވަނީ ދޫކޮށްފަ އެވެ.

އެގޮތުން އެންމެބޮޑު ތިން އިނާމުގެ ތެރޭގައި ހިމެނޭ އެއްވަނަ އިނާމުކަމުގައިވާ 15000ރ ގެ ބެޑްރޫމް ސެޓް ލިބުނީ ވަނީ ސ. މީދޫ ރަންދާން އިބްރާހީމް ވަހީދު އެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި 7000ރ ގެ ސޯފާސެޓް މ. މުލަށް، އަހިމާގޭ މުހައްމަދު އިބްރާހީމް ލިބުނުއިރު ތިންވަނަ އިނާމު ކަމުގައިވާ 6000ރ ގެ ގޭސްއުނދުން ލިބުނީ މުހައްމަދު އަޒްމަލް އަށެވެ.

އޭގެ އިތުރުން 2000ރ ގެ އަގުހުރި އިނާމުތަށް ލިބުނު ފަސް ނަސީބުވެރިންގެ ތެރޭގައި ހިމެނެނީ، ށ. ކަނޑިތީމު ފެހިވިނަ، މުހައްމަދު ނަޒްމީރު އާއި، ހ. މާފަސް، ޔޫސުފް ޝިދާން އާއި، ގ. އެއާކޫލް، ނަޝީދާ އާއި، ރ. އަލިފުށި، ނިއޯލައިން ނާޒިމް ސައީދުގެ އިތުރުން ގއ. ދާންދޫ، ބުލްބުލާގޭ، އާމިރު މުހައްމަދު އެވެ.

މިއަދު މުނި ހޯމް ކެއާގެ މައި އޮފީހުގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މާކެޓިން ޑިރެކްޓަރު ލަހިރޫ ޑިޝަން ވިދާޅުވީ އެ ޕްރޮމޯޝަންގައި އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ކަސްޓަމަރުންގެ ފަރާތުން ލިބިފައި ވާކަމަށެވެ.

މުނި ހޯމް ކެއާއިން މިހާރު ދަނީ ރޯދަމަހަށް ހާއްސަ "ސުޕަރ ފާސްޓް" ޕްރޮމޯޝަނަށް ތައްޔާރުވަމުންނެވެ.