01 Apr 2014, 20:25
އުރީދޫ މޯލްޑިވްސް އިން މިއަދު ހުޅުމާލޭގައި އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައި އެ ކުންފުނީގެ ރީޓެއިލް ފިހާރަތަކުގެ ލިސްޓަށް ގޮތްޕެއް އިތުރުކޮށްފި އެވެ.
ހުޅުމާލޭގައި މިއަދު ހުޅުވި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު ހުންނަނީ، ނިރޮޅުމަގު ޝާމިލް ޓްރޭޑާސް ކުރިމައްޗަށް ވާގޮތަށެވެ. އަދި އެއީ ހުޅުމާލޭގައި ހުންނަ އުރީދޫގެ ހަމައެކަނި ރީޓެއިލް ފިހާރަ އެވެ.
އުރީދޫއިން ބުނީ ހުޅުމާލޭގެ އާބާދީ ބޮޑު ސަރަހައްދުގައި ހުޅުވި އެކްސްޕީރިއަންސް ސެންޓަރުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އުރީދޫގެ ބިލްތަކަށް ފައިސާ ދެއްކުމާއި ނަންބަރު އެކްޓިވޭޓް ކުރުމުގެ އިތުރުން ރީޗާޖް އަދި ރާސްޓަސްގެ ހިދުމަތް ވެސް ލިބިގެން ދާނެކަމަށެވެ.
"ހުޅުމާލޭގައި ހުޅުވިގެން މިދިޔަ އައު އެކްސްޕީރިއަންސް ސެންޓަރުގެ ސަބަބުން އިތުރުވަމުންދާ ހުޅުމާލޭގެ އާބާދީއަށް އެންމެ ފަހުގެ އަދި އެޑްވާންސް ހިދުމަތްތަށް ގެއާއި ކައިރިން ލިބިގެންދާނެ." އުރީދޫގެ ހެޑް އޮފް ކަސްޓަމާ ރިލޭޝަންސް މެނޭޖްމަންޓް، އަޔޯލީ ޔޮލަންޑާ އޮކަންޕޯ ވިދާޅުވި އެވެ.
ހުޅުމާލޭގައި މިއަދު ހުޅުވި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި އެ ސެންޓަރު ހުޅުވިފައި ހުންނާނީ މެންދުރު 2:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.