01 Apr 2014, 17:39
ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް މީހުންގެ ނަން ހުށަހެޅުމާ ގުޅިގެން ޖުމްހޫރީ ޕާޓީ އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވާނީ ޖޭޕީ ޖޫރިމަނާކޮށްފައި ވަނީ 8000 ރުފިޔާ އިން ކަމަށެވެ. އަދި ޕީޕީއެމް ޖޫރިމަނާ ކޮށްފައި ވަނީ 7000 ރުފިޔާ އިން ކަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ޖުމްހޫރީ ޕާޓީން، އެ ޕާޓީ އަށް ވަނުމަށް އެދޭ ފޯމްތަކުގައި އެކަކުގެ އިނގިލީގެ ނިޝާން ޖެހުމަށް ހުށަހަޅާފައި ވާތީ އާއި އަދި މިއީ އެ ޕާޓީގެ މިފަދަ ކަަމެއް ކުރި ހަތަރު ވަނަ ފަހަރު ކަމަށެވެ. އަދި ޕީޕީއެމް މިފަހަރު ވެސް ގަވާއިދާ ހިލާފުވެފައި ވަނީ، ގަވާއިދާ ހިލާފަށް ފޯމް ހުށަހަޅާފައިވާތީ އާއި މިއީ އެ ޕާޓީ ވެސް މިފަދަ ކަމެއް ކުރި ތިން ވަނަ ފަހަރު ކަމަށް ވާތީވެ ކަމަށެވެ.