01 Apr 2014, 11:33
ފިނޭންސް މިނިސްޓަރުގެ ނާއިބް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ފެހިވިލާގޭ އިމްރާން ސާލިހު ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދު އެވެ.
އިމްރާނަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ފައިނޭންސްގެ ރޮނގުން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗްލާސް ޑިގްރީ ފުރިހަމަކުރެއްވީ، އެކައުންޓިންގެ ރޮނގުން މެލޭޝިޔާގެ މަލްޓިމީޑިޔާ ޔުނިވާސިޓީގައެވެ.