31 Mar 2014, 17:14
މ. އޯކިޑް ޕްލާޒާގައި މީގެ ކުޑަ އިރުކޮޅެއް ކުރިން އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ބުރުޒުމަގުގައި ހުންނަ އެ އިމާރާތުގެ ތިރީގައި ހުންނަ ގުދަނެއްގަ އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ ހުސެއިން އަލީ، ވިދާޅުވީ، އަލިފާން ހިފާފައި ވަނީ، އެ އިމާރާތުގެ ތެރޭގައި ހުރި، ފުޅިމަދު ފޮށިގަނޑެއްގައި ކަމަށާއި އަދި މިހާރު އަލިފާންގަޑު އެއްކޮށް ނިއްވާލެވިފައިވާ ކަަމަށެވެ.
ހުސެއިން އަލީ ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ބޭފުޅުން އެތަނުގައި ހަރަކާތްތެރި ވަމުންދާއިރު، ފުލުހުން އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.