31 Mar 2014, 13:18
މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތް މިއަދު ފަށައިފި އެވެ.
ގިރިފުށީ ޓްރޭނިން ސެންޓަރުގައި ކުރިއަށްދާ މިމުބާރާތް މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދު ވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިމުބާރާތުގެ އިންޑިވިޖުއަލް ކެޓެގަރީގައި ޖުމްލަ 28 ޔުނިޓުން ޖުމްލައި 645 ސިފައިން ބައިވެރިވެފައިވާ އިރު ޓީމް އިވެންޓްގައި 27 ޔުނިޓަކިން ބައިވެރިވެފައިވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.
މިމުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދުގެ އިތުރުން ސީނިއާ އޮފިސަރުންނެވެ.
ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކޮންމެ އަހަރަކު އެއްފަހަރު އެމްއެންޑީއެފްގެ ޔުނިޓުތަކުގެ މެދުގައި ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖާ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގޭގައި ހަތިޔާރާ ބެހޭ ކަންކަމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.