ހަތަރު ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން އާދަމް އާދިލް ހޯދައިފި އެވެ.

އާދަމް އަދީލް ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގައި މިދަޔަ އަހަރުގެ ޗެމްޕިއަން ހުސެއިން އަލީގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކާމިޔާބު ހޯދައިގެންނެވެ.

މިމުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ޝާފީ މުހައްމަދެވެ. ދެވަނަ އަހްމަދު ހާމިދު ހޯދިއިރު ތިންވަނަ މަޤާމު ހޯދީ ހުސެއިން އަލީ އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އައިޝަތު ފައިނާޒެވެ. މިއީ އައިޝަތު ފައިނާޒު މިމުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. ދެވަނަ ހޯދީ އައިމިނަތު ވިޝާމާއެވެ. އަދި ތިންވަނަ ހޯދީ އައިމިނަތު ނިފާޝާ އެވެ.

މިމުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ޔަމާން އަބްދުލް ޖަލީލާއި އިބްރާހިމް ހުޖާނެވެ. އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އައިމިނަތު ނިފާޝާއާއި ރިފްޤާ މުހައްމަދެވެ. މިކްސްޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އާދަމް އަދީލާއި ރިފްޤާ މުހައްމަދެވެ.

މިމުބާރާތުގެ އެންމެ އުއްމީދީ ފިރިހެން ކުޅުންތެރިޔާގެ މަޤާމު ހޯދާފައި ވަނީ ޔަމާން އަބްދުލް ޖަލީލެވެ. އަދި އެންމެ އުންމީދީ އަންހެން ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ރިފްޤާ މުހައްމަދެވެ. މިމުބާރާތުގެ ގޯލްޑަން ސްލޭމްގެ ޝަރަފު ލިބިފައި ވަނީ ޝާފީ މުހައްމަދަށެވެ.