ރާއްޖޭގެ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމްކޮށްގެން ބޭއްވި "މިސްޓާ އެމްއެންޑީއެފް"ގެ ހަތަރު ކެޓަގަރީއަކުން 37 ބައިވެރިންނާ ވާދަކޮށް، "ބްލޫސްޓޯމް މިސްޓާ އެމްއެންޑީއެފް 2010"ގެ ލަގަބު ޕްރައިވެޓް އަލީ އަނަސް ހޯދައިފި އެވެ.


ސިފައިންގެ ހަށިހެޔޮކަން އިތުރުކޮށް ބޮޑީ ބިލްޑިން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ސިފައިންނަށް އެކަމުގެ ފުރުސަތު ހޯދައި ދިނުމަށް ބޭއްވި "މިސްޓާ އެމްއެންޑީއެފް" ބޮޑީ ބިލްޑިން މުބާރާތުގެ ހަތަރު ކެޓަގަރީގެ ތެރެއިން މިސްޓާ އެމްއެންޑީއެފްގެ ލަގަބު ޢަލީ އަނަސް ހޯދީ "ބެންޓަން ވެއިޓް" ކެޓަގަރީން ވާދަކޮށްގެން ނެވެ.


އަލިމަސް އުފާ ސްޓޭޖްގައި ރޭ ބޭއްވި މިސްޓާ އެމްއެންޑީއެފް ގްރޭންޑް ފިނާލޭ ޝޯގައި މިސްޓާ އެމްއެންޑީއެފްގެ މުބާރާތުން އެއް ވަނަ ހޯދި އަލީ އަނަސް އަށް އެކަމުގެ ހަދާނީ ލިޔުމާއި ތަށި ހަވާލު ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހު އެވެ.


މުނިފޫހި ފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާ އެކު ބޭއްވި މިސްޓާ އެމްއެންޑީއެފްގެ ކެޓަގަރީތަކުގެ ތެރެއިން


"ފްލައި ވެއިޓް" ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ޕްރައިވެޓް އިބުރާޙީމް ރަޝީދުއެވެ. އަދި "ލައިޓް ވެއިޓް" ކެޓަގަރީން އެއްވަނަ ހޯދީ ކޯޕްރަލް އަޙްމަދު އާސިފް އެވެ. އަދި "ލައިޓް ފްލައި ވެއިޓް" ކެޓަގަރީން އެއްވަނަ ހޯދީ ލާންސް ކޯޕްރަލް އަބްދުﷲ ޒިޔާދު އެވެ.


މުބާރާތުގައި އެސްއެމްއެސް އިން މިސްޓާ އެމްއެންޑީއެފްގެ މަޤާމަށް ލާންސް ކޯޕްރަލް އަޙްމަދު ޝާފީ ހޮވުނުއިރު، ބޮޑީ ބިލްޑިން އެންމެ ރަގަނޅު ޔުނިޓަކަށް ހޮވިފައި ވަނީ "މެރިންކޯ" އެވެ.


މި އަހަރުގެ މިސްޓާ އެމްއެންޑީއެފްގެ މެއިން ސްޕޮންސަރަކީ "ބުލޫ ސްޓޯމް" އެވެ.