30 Mar 2014, 16:39
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުން މުއްދަތެއް ނެތް ގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން މެދުކަނޑާލާފައިވާތީ މޯލްޑިވްސް ބާ އެ ސޯސިއޭޝަނުން އެކަމާ ކަންބޮޑުވުންފާޅުކޮށްފި އެވެ.
ބާ އެ ސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނީ ވަކީލު ކަމުގެ ހުއްދަދިނުން މުއްދަތެއް ނެތްގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން މެދުކަނޑާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށާއި އެކަމާ އެ އެސޯސިއޭޝަނުން ކަންބޮޑުވާ ކަމަށެވެ.
ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަކީ ގާނޫނުގެ ދާއިރާ އިން ދަސްވެނިވެގެން ގާނޫނީ ވަކީލަކަށް ވުމައްޓަކައި އިންތިޒާރުކުރަމުން ގެންދާ ގިނަ ފަރާތްތަކަށް އެކަމުން މާލީ އަދި ފަންނީ ގެއްލުންތައް ކުރިމަތިވަނުން އަންނަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު އިސްލާހު ކުރަންޖެހިފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ކަމާ ބެހޭ ގާނޫނު ފާސްވަންދެން އެ އެ ސޯސިއޭޝަނުން ޑްރާފްޓްކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ބިލްގައިވާ ހަމަތަކަށް ފެތޭގޮތަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ އުސޫލު އިސްލާހު ކުރުމަށްފަހު އެކަން އަވަހަށް ފެށުމަށް އެ ޖަމްއިއްޔާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިކަމާ ބެހޭގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.