30 Mar 2014, 16:13
ޔުނިސެފްގެ އެހީގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރު އަތޮޅުތެރޭގައި ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ބޭސިކް ޖާރނަލިޒަމް ކޯސް އައްޑު އަތޮޅާއި ބ. އަތޮޅުގައި ކުރިޔަށް ގެންގޮސްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މީޑިއާގެ ވެށީގެ މިނިވަންކަން ދެމެހެއްޓޭނީ ނިއުސްރޫމްތަށް ނުވަތަ ނޫސްވެރިންގެ ހިންގުން ހަރުދަނާކޮށްގެން ކަމަށެވެ. އެހެންކަމުން ދެދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އެ ކޯހުގެ ބޭނުމަކީ ނޫސްވެރިންނަށް ނޫސްވެރިކަމުގެ މެނޭޖްމަންޓާއި ގުޅޭ ޒަމާނީ ހުނަރުތަށް ދަސްކޮށްދިނުމާއި މުޖުތަމައުގައި މީޑިއާގެ ޒިންމާތަކާއި ދައުރާއި މީޑިއާގެ ބޭނުން ހިފާނެގޮތް ދަސްކޮށްދިނުމުގެ އިތުރުން މީޑިއާގައި މައުލޫމާތު ގެނެސްދޭނެ ގޮތްތަކާ ބެހޭގޮތުން އެ ކޯހުގައި މައުލޫމާތު ދީފައިވާނެކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
މީޑިއާ ކައުންސިލުން ބުނީ ބ. އޭދަފުށީގައި ބޭއްވި ބޭސިކް ޖާރނަލިޒަމް ކޯސް ކުރިއަށް ގެންގޮސްފައިވަނީ މިމަހު 18 އިން 19 ވަނަ ދުވަހަށް ކަމަށެވެ. އަދި އެ ކޯހުގައި 47 ފަރާތަކުން ބައިވެރިވެފައި ވާއިރު އެ ހުރިހާ ފަރާތަކުންވެސް ވަނީ ބޭސިކް ޖާރނަލިޒަމް ކޯހުގެ ސެޓްފިކެޓް ހާސިލްކޮށްފައި ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
އެކޯސް ކުރިޔަށް ގެންގޮސްފައި ވަނީ ދެދުވަހުގެ މުއްދަތަކަށް ބަހާލައިގެން އެޑްވެންޗަރ ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެންނެވެ.