އަންނަ މޭ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ގައުމީ ފުޓްބޯޅަ ޓީމުން 30 ކުޅުންތެރިންގެ ސްކޮޑެއް މިއަދު އެކުލަވާލައިފި އެވެ.

ޗެލެންޖް ކަޕަށް މިއަދު އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މާޒިޔާގެ 11 ކުޅުންތެރިންނާއި ނިއުރޭޑިއަންޓުގެ 11 ކުޅުންތެރިންގެ އިތުރުން، ކްލަބް އީގަލްސްގެ ފަސް ކުޅުންތެރިންނާއި ބީޖީ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް، ކޮންމެ ޓީމަކުން އެއް ކުޅުންތެރިއެކެވެ. އަދި މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުންތައް މިއަދު ހަވީރު 5:00ގައި ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިއުމަށް އެފްއޭއެމްއިން މިއަދު ވަނީ ނިންމާފަ އެވެ. އަދި އަމުބާރާތުގެ ކުރިން ތައިލެންޑުގައި ރާއްޖޭގެ ގައުމީ ޓީމު އެކުވެރިކަމުގެ ހަތަރު މެޗު ކުޅޭން ނިންމާފައި ވާކަމަށް އެފްއޭއެމް އިދާރާގައި މިއަދު އޮތް ނޫސްކޮންފަރެސްގައި ވަނީ އިއުލާންކޮށްފަ އެވެ.

މިފަހަރުގެ މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2012 ވަނަ އަހަރުގެ ޗެލެންޖް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

ޗެލެންޖް ކަޕަށް ނެގި ގައުމީ ސްކޮޑް:

1 - އިމްރާން މުހައްމަދު، ގޯލްކީޕަރު - ނިއު
2 - މުހައްމަދު ޝިފާން (ކުޑައްޓޭ) - ނިއު
3 - މުހައްމަދު އުމެއިރު - ނިއު
4 - ޝާފިއު އަހުމަދު (ޝާފީ) - ނިއު
5 - މުހައްމަދު ރަޝީދު (ހޮކޭ) - ނިއު
6 - އަކުރަމް އަބްދުލް ގަނީ - ނިއު
7 - އަލީ ފާސިރު (ސެންޓޭ) - ނިއު
8 - އަހުމަދު ނިޔާޒް (ނިޔާ) - ނިއު
9 - އަހުމަދު އަބްދުﷲ (ލިލީ) - ނިއު
10 - ޝަމްވީލް ގާސިމް (ބޮންޑާ) - ނިއު
11 - މުހުތާރު ނަސީރު (ޓޫކިލޯ) - ނިއު
12 - މުހައްމަދު އިމްރާން، ގޯލްކީޕަރު - މާޒިޔާ
13 - މުހައްމަދު އާރިފް (ބަކާ) - މާޒިޔާ
14 - ރިލްވާން ވަހީދު (ރިލޭ) - މާޒިޔާ
15 - އަސަދުﷲ އަބްދުﷲ - މާޒިޔާ
16 - ފަރުހާދު އިސްމާއިލް (ފަރޭ) - މާޒިޔާ
17 - އަހުމަދު ނާޝިދު (ނާއްޓޭ) - މާޒިޔާ
18 - މޫސާ ޔާމީން - މާޒިޔާ
19 - އައްސަދު އަލީ (އަޑުބަރޭ) - މާޒިޔާ
20 - އަމްދާން އަލީ (އޭންޑީ) - މާޒިޔާ
21 - އަލީ ސަމްދޫހު - މާޒިޔާ
22 - އަހުމަދު މުހައްމަދު (އައްމަޑޭ) - މާޒިޔާ
23 - އަލީ އަޝްފާގް (ދަގަނޑޭ) - ޕީޑީއާރްއެމް
24 - ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) - މަހިބަދޫ
25 - އިބްރާހިމް އިފްރާހު އަރީފް، ގޯލްކީޕަރު - ބީޖީ
26 - އަހުމަދު ނޫމާން (ހެލްމެޓް)- އީގަލްސް
27 - އިސްމާއިލް އީސާ (މެސީ) - އީގަލްސް
28 - އަހުމަދު އިމާޒް (އާއްކޮ) - އީގަލްސް
29 - އަހުމަދު ރަޝީދު (އައްމަޑޭ) - އީގަލްސް
30 - ހަސަން އަދުހަމް (ސަޑޭ) - އީގަލްސް