30 Mar 2014, 15:32
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް އިބްރާހީމް އާތިފު ޝަކޫރު ހަމަޖައްސަވައިފި އެވެ.
އާތިފަށް ސީއެމްޑީއޭގެ ބޯޑު މެމްބަރުކަން ދެއްވިކަން އޭނާ މިއަދު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ވިޔަފާރީގެ ދާއިރާ އިން މަތީތައުލީމު ހާސިލުކުރައްވާފައިވާ އާތިފު ޝަކޫރު އައްޔަންކޮށްފައި ވަނީ ސީއެމްޑީއޭގައި ޕްރަވެޓް ސެކްޓާ ތަމްސީލު ކުރައްވާ ދެ މެންބަރުންގެ ތެރެއިން މެންބަރެއްްގެ ގޮތުގަ އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓާއި ޕެންޝަން އިންޑަސްޓްރީގެ ކަންތައްތައް ރެގިއުލޭޓް ކުރުމަށް 2006 ވަނަ އަހަރު އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. ހިއްސާ ވިއްކުމުގެ ހުއްދައާއި މެދުވެރިންގެ ދައުރު އަދާކުރާ ބްރޯކަރުންނާއި ޑީލަރުންނާއި އިންވެސްޓްމެންޓް އެޑްވައިޒަރުންނާއި އެސެޓްމެނޭޖަރުންނާއި ކްރެޑިޓްރޭޓިން އެޖެންސީތަކަށް ލައިސަންސް ދޫކުރުމަކީ އެއޮތޯރިޓީން ކުރާ ކަންކަމެވެ.