ފޮޓޯތައް ހިއްސާކުރާ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ އިންސްޓަގްރާމްގައި އެތަނެއްގެ ފޮޓޯ އެންމެ ގިނައިން ހިއްސާކުރި އެއް ގައުމަކަށް ރާއްޖެ ވެއްޖެއެވެ.

ހޮޓަލެއްގެ މެނޭޖަރެއް ގޮތުގައި މަސައްކަތްކުރާ ބިލީ ހަފްސް ކުރި ސާވޭއަކުން އެނގިފައިވާ ގޮތުގައި އިންސްޓަގްރާމްގައި އެތަނެއްގެ ފޮޓޯ އެންމެ ގިނައިން ހިއްސާކުރި ހަތަރު ވަނަ ގައުމަކަށް ރާއްޖެ ވީ 622504 ފޮޓޯއާ އެކުގައެވެ.

ލިސްޓްގެ ހަތަރުވަނައިގައި ރާއްޖެ އޮތް އިރު 689375 ފޮޓޯއާ އެކު ދެވަނައިގައި ވަނީ ލަންޑަންގެ ބިގްބޭން އެވެ. އަދި 773569 ފޮޓޯއާ އެކު ދެވަނައިގައި ވަނީ ނިއުޔޯކްގެ ޓައިމްސް ސްކޮޔާ އެވެ. ލިސްޓްގެ އެއްވަނައިގައިވާ ފްރާންސްގެ ޕެރިހުގެ އައިފަލް ޓަވަރުގެ 977287 ފޮޓޯ އިސްޓަގްރާމްކޮށްފައި ވެއެވެ.

އިންސްޓަގްރާމްގައި އެންމެ ގިނައިން އެތަނެއްގެ ފޮޓޯ ހިއްސާކޮށްފައިވާ 20 ގައުމުގެ ތެރެއިން ހަތަރުވަނައިގައި އޮތުމުގެ އިތުރުން ޔޫރަޕާއި އެމެރިކާއާއި އޮސްޓްރޭލިއާގެ ތަންތަން ފިޔަވައި ހިމެނިފައިވާ ހަމައެކަނި ތަނަކީ ވެސް ރާއްޖެއެވެ.