30 Mar 2014, 12:57
ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ފާސްކޮށްފި އެވެ.
ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ފާސްކޮށްފައި މިވަނީ އެޓާނީ ޖެނަރަލްގެ އޮފީހުން އެ ގަވާއިދު އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމެނުމަށް އެދި ކޮމެޓީ އަށް ފޮނުވުމާއި ގުޅިގެންނެވެ.
އެ ގަވާއިދަކީ ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހުންނަށް އެކަމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑު ތަކެއް ކަނޑައެޅުމުގެ ގަވާއިދެވެ. އެ ގަވާއިދު އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލް 1 ގައި ހިމަނައި ދިނުމަށް އެދި އެޓާނީ ޖެނަރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީ އަށް ފޮނުވާފައި ވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.
ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސީއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ފާސްކޮށްފައި މިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ފާސްކޮށްފައި ވަނީ ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމަނައި ދިވެހި ރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާއި ބެހޭ ގަވާއިދު އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުން އުނިކުރުމަށެވެ.
ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނީ މާދަމަ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.