ކުޑަ ފިރިހެން ކުއްޖަކާ އެއް ޖިންސުން ގުޅުން ހިނގި ކަމުގެ ތުހުމަތުގައި ރ. މާކުރަތުން ބިދޭސީ ޑޮކްޓަރަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުން އުމުރުން 14 އަހަރުގެ އެކުއްޖާއާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެެ ރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ޑޮކްޓަރެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާކުރަތުގައި ކުޑަ ފިރިހެން ކުއްޖަކާ ގަދަ ކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 32 އަހަރުގެ ބިދޭސީއެއް މާކުރަތުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:30 އެހާކަންހާ އިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް އުނގޫފާރު ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތް ޖަހައިދީފަ އެވެ.