އަންނަ މަހުގެ ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ފިލްމް އެވޯޑްސް 2014"ގެ ޓައިޓްލް ސްޕޮންސަރަކަށް މަޝްހޫރު ކޮސްމެޓިކް ބްރޭންޑެއް ކަމަށްވާ "އިލްޝާ" ހަމަޖައްސައިފި އެވެ.

މޯލްސްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން އަހަރަކު އެއްފަހަރު ބާއްވާ ހާއްސަ އެވޯޑު ހަފްލާ އިންތިޒާމްކުރާ ހައިރައިޒް އިން ބުނީ، އިލްޝާއާ އެކު ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބުދަ ދުވަހު ކަމަށެވެ.

މިއަހަރުގެ ފިލްމް އެވޯޑްސްގައި ހަ ފީޗާޑް ފިލްމާއި އަށް ކުރު ފިލްމް ބައިވެރިކޮށްފައިވާއިރު، ޖުމލަ 31 ކެޓަގަރީއަކަށް އެވޯޑް ހުށަހެޅިފައި ވާކަމަށް ހައިރައިޒުން މައުލޫމާތު ދެއެވެ.

އޮލިމްޕަހުގައި އަންނަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ މިފަހަރުގެ ފިލްމް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހައިރައިޒުން ބުނީ، މިފަހަރުގެ އިވެންޓަކީ، އެމްއެފްއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން މިފަހަރުގެ އިވެންޓަށްފަހު ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އެ ކުންފުނިން އިންތިޒާމްކުރާ ފިލްމު އެވޯޑްސްގެ ފަހު އިވެންޓު ކަމަށެވެ.

އިލްޝާއިން މޯލްޑިވްސް ފިލްމް އެވޯޑްސް 2014ގެ ޓައިޓްލް ސްޕޮންސާ ކޮށްފައިވާއިރު މި އިވެންޓުގެ ކޯ ސްޕޮންސާ އަކީ، ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. މީޑީއާ ޕާޓްނަރަކަށް އެމްބީސީ ހަމަޖައްސާފައިވާއިރު، ސައުންޑާއި ލައިޓް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ސައުންޑް އެންޑް ލައިޓްސް އިންކޯޕަރޭޓެޑް އެވެ.