މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ހޮވިވަޑައިގަތް ދެ ބޭފުޅަކު ސަރުކާރު ހިންގާ ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ. ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ތޯރިގު ޕީޕީއެމަށް ދެންމެ ސޮއި ކުރެއްވުމަށް މިއަދު މުލީއާގޭގައި އޮތް ބައްދަލު ވުމެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބައިވެރިވެވަޑައިގަތެވެ. އެ ދެ ބޭފުޅުންގެ ގޮނޑިއާ އެކު ޕީޕީއެމްގެ ގޮނޑީގެ އަދަދު 35 އަށް އެރީ އެވެ.