މިހާރު ކުރިއަށްދާ ހަތަރުވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މިކްސްޑް ޑަބަލްސް ފައިނަލުން ކުޅުންތެރިން ޖާގަ ކަށަވަރުކޮށްފި އެވެ.

މިކްސްޑަ ބަލްސްގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަލީ ޝުޖާއު އާއި އަފީފުއްނިސާ ބަލިކޮށް ހުސެއިން ފާރީހު އާއި އައިޝަތު ނަހުފާ އެވެ. މިކްސް ޑަބަލްސް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ މުހައްމަދު މުންތަސިރާއި އަފީފުންނިސާ ބަލިކޮށް އާދަމް އަދީލާއި ރިފްޤާ މުހައްމަދެވެ.

މި މުބާރާތުގެ ފިރިހެން އަދި އަންހެން ޑަބަލްސް ފައިނަލްގައި ބައްދަލުކުރާނެ ކުޅުންތެރިން ވެސް ވަނީ ކަށަވަރުވެފަ އެވެ. ފިރިހެން ޑަބަލްސް ފައިނަލުން އެއްކޮޅުން ޖާގަ ކަށަވަރުކުރީ ޔަމާން އަބަދުލް ޖަލީލާއި އިބްރާހިމް ހުޖާނެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ ޝާފީ މުހައްމަދާއި މައްޔާޝް ލަތީފެވެ. އަންހެން ޑަބަލްސް ފައިނަލުން އެއްކޮޅުން ޖާގަ ކަށަވަރުކުރީ އައިޝަތު ފައިނާޒް އާއި އައިޝަތު ޖަލީލެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ އައިމިނަތު ނިފާޝާ އާއި ރިފްޤާ މުހައްމަދެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށް ދާނީ މިމަހުގެ 24 ން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.