27 Mar 2014, 10:24
މަކަރާއި ހީލަތުން ބައިމިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފި އެވެ.
އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވުމުން ހައްޔަރުކޮށްފައި ވަނީ މ. މުލި، ޖޭމްގަސްދޮށުގެ، މުހައްމަދު ވާފިރު،40، އެވެ.
ފުލުހުން ބުނީ އޭނާ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑީން އަށް ހާޒިރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގެ އިތުރުން ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްދިނުމަށް އެ ސާވިސްއިން އެދިފައިވާ ކަމަށް ފުލިހުން ބުންޏެވެ.