އަރަބިއްޔާ ސްކޫލާ މެދު ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ރައީސް އޮފީސް ދޮށަށް އެއްވި މީހުންގެ މުޒާހަރާ ކަރުނަގޭސް ޖަހައި ރޫޅައިލައިފި އެވެ.


ރައީސް އޮފީސްދޮށަށް މިއަދު ނުވެއް ޖަހާ އެހާކަންހާއިރު އެއްވި އަރަބިއްޔާގެ ބެލެނެވެރިން އަޑު އުފުލަމުންދަނިކޮށް، ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އިންޒާރު ދިނުމުން ވެސް އެ ސަރަހައްދު ދޫކޮށް ނުދިޔުމުން އެއްވުން ރޫޅާލީ ކަރުނަ ގޭސްޖަހައިގެން ނެވެ.


ރައީސް އޮފީސް ސަރަހައްދުގައި ތިބި ސަން އޮންލައިންގެ ނޫސްވެރިން ބުނީ ސަތޭކައަށް ވުރެ ގިނަ މީހުން އެއްވި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި 10 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެއްވުން ފުލުހުން ރޫޅާލި ވަގުތު އެތާނގައި ތިބި އަބެއް އަންހެން ބެލެނެވެރިންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި އެއްވެފައި ތިބި މީހުން އޭރު ވެސް ބުނަމުންދިޔައީ އެ ސަރަހައްދުން ނުދާނެ ކަމަށާއި ޝުއޫރުތައް ފާޅުކުރުމުގައި ދެމިތިބޭނެ ކަމަށް ބެލެނެވެރިން އަޑު އުފުލަމުންދާ ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިން މައުލޫމާތު ދިނެވެ.


އެއްވި މީހުން ފުރަތަމަ ބުނަމުންދިޔައީ އެ މީހުން ރައީސް އޮފީސް ދޮށަށް އެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލު ކުރައްވަން ކަމަށެވެ. ނަމަވެސް ބޭފުޅުންގެ ތެރެއިން އަށް ވަރަކަށް ބޭފުޅުންނާ ބައްދަލުކުރެއްވީ ރައީސްގެ ޕޮލެޓިކަލް އެޑްވައިޒަށް މުހައްމަދު ޝިހާބާއި އެކޮނަމިކް އެޑްވައިޒާ އަލީ ޝިޔާމެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ގެންދަންބޭނުންނުވާ ކަމަށް ބުނެ ބެލެނެވެރިން ވަނީ ރައީސް އޮފީހުން ނުކުމެފަ އެވެ. އެ މީހުން ބުނަމުން ދިޔައީ އެ މީހުން ބޭނުން ވަނީ ރައީސް ނަޝީދާ ބައްދަލުކުރަން ކަމަށެވެ.


-------------------


މުޅި ސަރަހައްދު ފުލުހުން ސާފުކޮށްލައިފި އެވެ.


ގާތްގަނޑަކަށް އެ ސަރަހައްދަށް 100 އަށް ވުރެ ގިނަ މީހުން އެއްވި އެވެ. އެ މީހުން ދައުވާ ކުރަމުން ދިޔައީ އެއީ އަރަބިއްޔާގެ ބެލެނިވެރިންނާއި އެ ބޭފުޅުންނަށް ހެޔޮ އެދޭ ފަރާތްތައް ކަމަށެވެ.


ހައްޔަރު ކުރި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ލޮރީގަ އެވެ.


 


ފުލުހުންގެ ބެލުމުގެ ދަށަށް ދެ ތިން ބޭފުޅަކު ގެންދިޔަ ކަމަށް އެ ސަރަހައްދުގައި ހުރި ސަން އޮންލައިގެން ރިޕޯޓަރު ބުންޏެވެ.
ފުލުހުން އެއްވެފައިވާ މީހުންނާ ކުރިމަތިލީ ޝީލްޑާއި މުގުރު ފަދަ ތަކެތި ހިފައިގެންނެވެ.


 


ރައީސް އޮފީސް ދޮށަށް އެއްވި މީހުންގެ މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.


 


މުޒާހަރާ ރޫޅާލީ ފުލުހުން ޕެޕާ ސުޕްރޭ ޖަހެމަށް ފަހު ކަމަށެވެ.


 


ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮށަށް އެއްވީ އަރަބިއްޔާ ސްކޫލާ މެދު ސަރުކާރުން އަމަލުކުރާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހިގެންނެވެ.