ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ނުފެނުނެވެ.

ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ ޖަލްސާގައި ބައިވެރި ނުވިނަމަވެސް އެމްޑީއޭއިން ވަނީ ޖަލްސާގައި ބައިވެރިވެފަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ސައުދު ވިދާޅުވީ އެ ޖަލްސާ އަކީ އެ ޕާޓީއަށް އެނގިގެން ބޭއްވި ޖަލްސާއެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ކޯލިޝަންގެ ޖަލްސާއެއް ބާއްވަންޖެހޭނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް އެނގިގެން ކަމަށާއި މިރޭ ބޭއްވީ "ޖުމްހޫރީ ޕާޓީއާ ބެހޭ" ޖަލްސާއެއް ނޫންކަމަށެވެ.

މިކަމާ ބެހޭގޮތުން ޕީޕީއެމްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.