މިހާރު ކުރިއަށްދާ ހަތަރު ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ޑަބަލްސް ފައިނަލްގައި ބައްދަލުކުރާނެ ކުޅުންތެރިން ވަނީ ކަށަވަރުވެފަ އެވެ.

ފިރިހެން ޑަބަލްސް ފައިނަލުން ޖާގަ ކަށަވަރުކުރީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި އާދަމް އަދީލާއި އަބްދުﷲ ޝާމިލްގެ މައްޗަށް ކުރި ހޯދައިގެން ޔަމާން އަބަދުލްޖަލީލާއި އިބްރާހިމް ހުޖާނެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުގައި އިބްރާހިމް ލިފާއު އާއި އަހްމަދު އަޒާން އަލީގެ މައްޗަށް ކުރި ހޯދައިގެން ޝާފީ މުހައްމަދާއި މައްޔާޝް ލަތީފެވެ.

އަންހެން ޑަބަލްސް ފައިނަލުން ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަފީފުންނިސާ އާއި އައިޝަތު ނަހުފާގެ މައްޗަށް ކުރި ހޯދައިގެން އައިޝަތު ފައިނާޒް އާއި އައިޝަތު ޖަލީލެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުގައި އައިމިނަތު ވިޝާމާ އާއި އައިމިނަތު ނަހުފާގެ މައްޗަށް ކުރި ހޯދައިގެން އައިމިނަތު ނިފާޝާ އާއި ރިފްޤާ މުހައްމަދެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށް ދާނީ މިމަހުގެ 24 ން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.