26 Mar 2014, 21:36
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފ. ނިލަންދޫ ދާއިރާއަށް ލާފައިވާ ވޯޓު ކަރުދާސްތައް އަލުން މިއަދު ޗެކްކޮށް ވަގުތީ ނަތީޖާ އިއުލާންކުރި އިރު އެ ދާއިރާ އަށް ހޮވިފައިވާ ކަމަށް ކުރިން ވަގުތީ ނަތީޖާ އިން ދައްކާފައިވާ އަބްދުﷲ ހަލީލަށް ތިން ވޯޓް އިތުރުވެއްޖެ އެވެ.
އަލުން އެވޯޓް ފޮށި ގުނާފައިވަނީ އެދާއިރާގެ މިހާރުގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެއް ވޯޓުން ބަލިވުމުން އަލުން ވޯޓު ކަރުދާސްތައް ގުނުމަށް އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މިރޭ އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން މުހުސިނަށް 643 ވޯޓު ލިބިވަޑައިގެންފައި ވެއެވެ. ކުރިން އިއުލާން ކުރިއިރު އޭނާއަށް ލިބިވަޑައިގެންފައި ވަނީ 644 ވޯޓެވެ. އަދި އެ ދާއިރާއަށް އިންތިހާބުވި އަބްދުﷲ ޚަލީލަށް ލިބިވަޑައިގަތީ 646 ވޯޓެވެ. ކުރިން އިއުލާން ކުރިއިރު އޭނާއަށް ލިބިވަޑައިގެންފައި ވަނީ 645 ވޯޓެވެ.
ނިލަންދޫ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ 5،681 މީހުންގެ ތެރެއިން 94.45 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.
މިއަދު ސަން އާ ވާހަކަ ދައްކަވަމުން މުހުސިން ވިދާޅުވީ ނަތީޖާ އަދި ގަބޫލު ނުކުރައްވާ ކަމަށާއި ކޯޓަށް ވަޑައިގަތުމާއިމެދު ވިސްނަވާނެ ކަމަށެވެ.