ސަޢުދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްއަޒީޒުގެ މައިބަދައިގެ ކާމިޔާބު އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން ނިއުޔޯކްގައިހުންނަ ގެކޮޅަށް މިއަދު ވަޑައިގެންފި އެވެ. ނިއުޔޯކްގެ ހޮސްޕިޓަލެއްގައި ކުރެވުނު މިއޮޕަރޭޝަނަށްފަހު ޤައުމަށް އެނބުރި ވަޑައިގެން ނިއުޔޯކުގައި ހުންނަ ގެކޮޅަށް ވަޑައިގެންނެވީ އިތުރަށް ފިޒިއޮތެރަޕީ ހަދަންޖެހޭތީ ކަމަށް ސަޢޫދީ ނޫސްއެޖެންސީ ޚަބަރުދެ އެވެ.


ޢުމުރުފުޅުން 86 އަހަރުގެ ޢަބްދުﷲ ރަސްގެފާނުގެ މައިބަދައިގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރމަހުގެ 22 ވަނަ ދުވަހު އެވެ. އޭގެ ދެދުވަސްފަހުން ފުރަތަމަ އޮޕަރޭޝަންވަނީ ކުރެވުނެވެ. އަދި އެއަށްފަހު ޑިސެމްބަރ 4 ވަނަ ދުވަހު މައިބަދައިގެ އިތުރު އޮޕަރޭޝަނެއް ކުރެވިފައިވާ ކަމަށާއި އޭނާގެ ޙާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ޚަބަރު ލިބެ އެވެ.